Advertisement

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކުގެ ތެރޭގައި މާބަނޑު އަންހެނެެއް ހިމެނޭ!

19 Apr 2020 | 11:25

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު ފަރުވާދެމުން ގެންދާ ފަރާތްތަކުގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭކަމަށް ހާމަކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެވަގުތާއި ހަމައަށް މާލެއިން ފެނުނު 14 ކޭސްގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭ ކަމަށެވެ. 

މި ކުޑަކުދިންގެ އުމުރަކީ ދެ އަހަރު، އަށް އަހަރު އަދި ފަނަރަ އަހަރެވެ. މި ފަރާތްތަކާއި މާބަނޑު އަންހެން މީހާގެ ހާލުވެސް ރަނގަޅުކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މާލެއިން މިހާތަނަށް ޖުމްލަ ތިން ކްލަސްޓަރއެއް ފެނިފައިވާ ކަމަށެވެ. 

މިހާތަނަށް ރާއްޖެއިން 36 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

Advertisement

ކޮމެންޓް