Advertisement

އުލިގަމުގައި ހުރި މީހެއް ކޮވިޑް19 އަށް ޕޮޓިވްވެއްޖެ

19 Apr 2020 | 19:21

ހއ އުލިގަމުގައި ހުރި މީހެއް ޕޮޒިޓިވެފެއިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ހއ.އުލިގަމުން ޓެސްޓު ކުރި ދިވެހި މީހާ ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ކުރިން އެމީހާ ވަނީ ކޮރޯނާ ވައިރަސް އަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައެވެ.

އަދި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ޕޮޒިޓިވް ވެފައި ތިބި މީހުންނާއި އެމީހާ އާއި ގުޅުމެއް ވޭތޯ އެޗްޕީއޭ އިން ދަނީ ބަލަމުންނެވެ.

މިއީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި 52 ވަނަ މީހާއެވެ. 

Advertisement

ކޮމެންޓް

Advertisement