ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާރުލުން ނުދޭ މީހެއްގެ މައުލޫމާތު ހާމަކުރަނީ

19 Apr 2020 | 17:10

ކޮވިޑް-19ގެ ކޭސްއަކާއި ގުޅިގެން ހެދެމުންދާ ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާރުލުން ނުދޭން މަސައްކަތް ކުރާ މީހެއްގެ މައުލޫމާތު ހާމަކުރާނެކަމުގެ އިންޒާރު ދީފިއެވެ.

މިއަދު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފުރިހަމަ މައުލޫމާތު ނުދޭ ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަރާތުގެ ފަރާތުން އެ މައުލޫމާތު ހޯދުމަށް ފުލުހުންވެސް މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިގޮތުންވެސް އެކަށީގެންވާ އެއްބާރުލުން ނުލިބިއްޖެނަމަ، މިރޭގެ ޕްރެސްގެ ކުރިން އަޅުގަނޑުމެންގެ ޑެޕިއުޓީ ޖެނެރަލް އެމީހާއާއި ބެހޭ ޒާތީ މައުލޫމާތު ހާމަ ކުރާނެ މީޑިޔާއަށް" މަބްރޫކް ވިދާޅުވިއެވެ.

ދާދިފަހުން ވަނީ މިފަދަ ހާލަތްތަކުގައި ޒާތީ މައުލޫމާތު ހާމަކުރާނެ އުސޫލެއް އެކުލަވާލާފައެވެ. އެގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެމީހެއްގެ ފުރިހަމަ ނަމާާއި، ގައުމު، ދާއިމީ އެޑްރެސް، މިހާރު އުޅޭ އެޑްރެސް، ވަޒީފާ އަދާކުރާތަން އަދި ފޮޓޯ ހާމަކުރެވިދާނެއެވެ.

Advertisement

ކޮމެންޓް