ޖަލުތަކުގައި ތިބިމީހުނަށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި

19 Apr 2020 | 19:23

ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޖަލުތަކުގައި ތިބިމީހުނަށް ފައިސާ ފޮނުވޭނެ އިންތިޒާމް ކަރެކްޝަންއިން ހަމަޖައްސައިފިއެވެ.

ކަރެކްޝަން އިން ބުނީ ފައިސާ ފޮނުވުމަށްޓަކައި ބީއެމްއެލްގެ އެކައުންޓްން ޓްރާންސްފާ ކުރުމަށްފަހު ސްލިޕް [email protected] އަށް ލިބެންވިމީހާގެ ނާމާ އެޑްރެސް އަދި އައިޑީ ނަމްބަރު ފޮނުވަންވާނެ ކަމަށެވެ އަދި ފޮނުވިމީހާގެ މައުލޫމާތުވެސް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ކަރެކްޝަންއިން ވަނީ އެދިފައެވެ.

ކަރެކްޝަންއިން ބުނީ މިގޮތަށް އިންތިޒާމް ހަމަޖެއްސީ މި ހާލަތުގައިވެސް ގައިދީން ބޭނުންވާ ތަކެތި ގަތުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހަލުވިކަމާއެކު ރާއްޖާގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ހިދުމަތްތަށް މިހާރު އެކިފަރާތްތަކުން ދެމުންގެންދަނީ އޮންލައިންކޮށެވެ.

Advertisement

ކޮމެންޓް