ކެންސަލްވި ދަތުރުތަށް ފަށާނީ ލޮކްޑައުން ނިމުމުން: މޯލްޑިވިއަން

19 Apr 2020 | 20:41

ކެންސަލްވި ދަތުރުތަށް ލޮކްޑައުން ނިމުމުނުހާ އަވަހަކަށް ފަށާނެކަމަށް ގައުމީ އެއާލައިން ބުނެފިއެވެ.

ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މޯލްޑިވައަން އިން ވަނީ އެތޭރޭގެ އުދުހުންތަށް މެދުކަޑާލާފައެވެ.

ކެންސަލްވި ދަތުރުތަށް ލޮކްޑައުން ނިމުމުނުހާ އަވަހަކަށް ފަށާނެކަމަށް ގައުމީ އެއާލައިން ބުނެފައި ވާއިރު އެކުންފުނިން ދަތުރުތަށް މެދުކަޑާލާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެކުންފުނިންވާނީ ދެމުން ގެންދިޔަ ކަސްޓަމާރ ސާވިސްގެ ހިދުމައްތަށްވެސް މެދުކަޑާލާފައެވެ.

ގައުމީ އެއާލައިން ބުނިގޮތުގައި ދަތުރުތަށް ފެށުމަށް ހަމަޖެހުމުން އެކުންފުނީގެ ކަސްޓަމަރުންނަށް އަންގަމުން ދާނެކަމަށެވެ.

މޯލްޑިވިއަންގެ އިތުރުން އެތެރޭގެ ހިދުމަތްތަށް ދެމުންގެންދިޔަ އެހެން ކުންފުނިތަށްވެސް ވަނީ އުދިހުންތަށް މެދުކަޑާލާފައެވެ.

Advertisement

ކޮމެންޓް