Advertisement

ފެނަކަ މުވައްޒަފުންގެ ތެރެއިން ލޯކަލް ކައުންސިލަށް ކުރުމަތިލި މީހުންގެ ސަސްޕެންޝަން އުވާލާފި

19 Apr 2020 | 22:25

ފެނަކަ ކުންފުނީގައި ތިބި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރުމަތިލި މުވަޒަފުންގެ ސަސްޕެންސަން އުވާލާފިއެވެ.

އެކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެކުންފުނީގައި ވަޒީފާ އަދާކުރަމުންދާ މުވަޒަފުންގެ ތެރެއިން ލޯކަލް ކައުންސިލް އިނތިހާބަށް ކުރިމަތިލީ މުވައްޒަފުންގެ ސަސްޕެންސަން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.

މި އަހަރު ބާއްވަން ހަމަޖެހުނު ލޯކަލްކައުންސިލް އިންތިޙާބު ފުރަތަމަ އޮތީ އޭޕްރީލް މަހުގެ 4 ވަނަދުވަހު ބާއްވާގޮތަށް ހަމަޖެހިފައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިއުމާ ގުޅިގެން މިހާރުވަނީ މުއްދަތަތެއް ނެތްގޮތަށް އިންތިޙާބު ލަސްކޮށްފައެވެ.

ފެނަކައިގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލިއިރު ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ސަސްޕެންސަން އަށް ވަނީ ވަކިގޮތެއް ނުނުމިއެވެ.

Advertisement

ކޮމެންޓް

Advertisement