Advertisement

މާލެއިން ޕޮޒިޓިވްވި މީހުންނާ ސިދާ ގުޅުންހުރި 468 މީހުން ހޯދިއްޖެ: މަބްރޫކު

19 Apr 2020 | 23:37

މާލެއިން ޕޮޒިޓިވްވި މީހުންނާ ސިދާ ގުޅުންހުރި 468 މީހުން ހޯދިއްޖެ ކަމަށް މަބްރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ޕްރެސްގައި ވާހަކަދަކަވަމުން މަބްރޫކު ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ސިދާ ގުޅުންހުރި 468 މީހުން ހޯދިއްޖެ ކަމަށެވެ އަދި އޭގެތެރެއިން 242 ދެމީހެއްގެ ސާމްޕަލް މިހާރު ނަގައިފާވާކަމަށެވެ. މިހާތަނަށް މާލެއިން 31 މީހަކު ވަނީ ޕޮސިޓްވެފައެވެ.

މާލޭގައި ކޮވިޑް-19 ހަލުވުކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މިހާރު މާލޭ ސަރަހައްދު ލޮކްޑައުންއަކަށް ގެންގޮސައެވެ އަދި ރާއްޖޭގެ އެކިސަރަހައްދުން 7 ތަނެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފާ ވާއިރު މުޅިރާއްޖެވަނީ ރައްބަންދުގެ ހާލަތަށްގެނެސްފައެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 89 މީހަކު އައިސޮލޭސަން ތިބިއިރު 1164 މީހުން ކަރަންޓީން ފެސިލިޓީތަކުގައި ތިބިކަމަށެވެ.

Advertisement

ކޮމެންޓް