Advertisement

ބޭސް ސިޓީއަށް ބޭސް ޑެލިވާކުރާގޮތާއި ތަންތަންނުގެ ނަންބަރު!

21 Apr 2020 | 03:58

ލޮކްޑައުން ހާލަތުގައި ކޮންމެހެން ބޭނުންވާ ބޭސްތަކާއި، ދިގު މުއްދަތައް ބޭނުންކުރަން ޖެހޭ ބޭސް ގެއާ ހަމައަށް ގެންގޮސްދެވޭނެ މަގު މިވަނީ ސަރުކާރުން ފަހިކޮށްދެއްވާފައެވެ.

އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ފާމަސީތަކުން ބޭސްހޯދުމަށް ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެއެވެ.

ފޮޓޯ ފޮނުވަން ޖެހޭނީ 7922035 ނަންބަރަށެވެ. ފޮޓޯއާއެކު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ އެވެ.

ކޮންޓްރޯލް ޑްރަގްއަކީ ހަމަ އެކަނި އެސްޓީއޯއިން ދޫކުރާ ބޭސްކަމުގައި ވީނަމަވެސް މި ބޭސްތައް އައު ކުރުމަށް އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ދޮރާއިދިމާލު ކައުންޓަރުގައި ވާ ފޮއްޓައް ބޭސް ސިޓީ ލުމުން ބޭސް ސިޓީ ލިޔުމަށް ފަހު އެ ބޭސް އެޗްޕީއޭ އާއި އެސްޓީއޯ ފާމަސީގުޅިގެން ބޭސް ފޯރިކޮށްދިނުމުގެ މަސައްކަތް ކުރާނެކަމަށް އައިޖީއެމް ހޮސްޕިޓަލުން "ވޮއިސް" އަށް މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ވެސް މި ލިޔުމުގައި މި ހިމަނާލަނީ އަމިއްލަ ބައެއް ފާމަސީތަކުން ބޭސް ހޯދާނެގޮތުގެ ތަފްސީލެވެ.


ގޭގައި ރައްކާތެރިކަމާއެކު ތިއްބަވާ!

Advertisement

ކޮމެންޓް