އެސްޓީއޯއިން ގަންނަ ދަނޑުވެރިންގެ ބާވަތްތަކުގެ ތެރޭގައި ކަރާ އާއި ގިނަބާވަތްތަކެއް ހިމެނޭ!

21 Apr 2020 | 14:51

ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ތެރެއިން ސްޓޭޓް ޓެރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގަންނާނެ ތަކެތީގެ ލިސްޓު ހާމަކުރައްވައިފިއެވެ.

ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ގަންނަން ފަށާ ވާހަކަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފިޝަރީޒް މިނިސްޓްރީ އާއި އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރި އެވެ.

އެސްޓީއޯއިން ގަންނާނެ ކަމަށް ބުނެ ދަނޑުވެރިންނަށް ދިން ލިސްޓުގައި ކަރާ ނުހިމެނޭނެކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވީނަމަވެސް ކަރާގެ އިތުރުން ރާއްޖޭގެ ދަނޑުވެރިން ހައްދާ ގިނަ ބާވަތްތަކެއް މި ލިސްޓުގައި ހިމެނެއެވެ.

ރޯދަ މަހަށް ދަނޑުވެރިން ހެއްދި ތަކެތި ލޮކްޑައުންގެ ސަބަބުން މާލެ ގެނެވޭނެ ގޮތެއް ނެތި ދަނޑުވެރިން ކަންބޮޑުވުންތަކާ ބެހޭގޮތުން އެސްޓީއޯގެ މެނޭޖިގ ޑިރެކްޓަރ އަމްރު ވިދާޅުވީ ރޯދައަށް ދަނޑުވެރިން ހެއްދި ތަކެތި މާލެއާ ހަމައަށް ގެނައުމުގެ ޕްލޭނެއް އިކޮނޮމިކް މިނިސްޓްރީ އިން ގެންގުޅޭ ކަމަށާއި އެތަކެތި މީހުންގެ ގޭގެއާ ހަމައަށް ޑެލިވާ ކުރުމާ ހަމައަށް އެ ޕްލޭންގައި ވާ ކަމަށެވެ. އެ މަސައްކަތް ކުރާނީ އެސްޓީއޯ އިން ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

އއ. ތޮއްޑޫގެ ދަނޑުވެރި ބާވަތްތައް މާލޭގެ ވިޔަފާރިތަކާ ހަމައަށް ފޯރު ކޮށްދޭން ހާއްސަ އިންތިޒާމު ތަކެއް އެރަށު ކޮވިޑް-19 ޓާސްފޯސްއިން ކުރަމުން އަންނަކަމަށް އެ ޓާސްޕޯސްއިން މައުލޫމާތުދެއްވައެވެ.

"ރޯދަ އަށް ގިނަ ބާވަތްތަކެއް މި ރަށުން ހައްދާފައި އެބަހުރި. އެހެންވެ މާލެއަށް މި ތަކެތި ފޯރުކޮށް ދޭން އިންތިޒާމެއް ހަމަޖެއްސީ މި. ކައުންސިލަށް ނޫނީ ޓާސްކް ފޯހަށް ގުޅުމުން އަޅުގަނޑުމެން ފޯރުކޮށްދޭނަން ދަނޑުވެރިންގެ ކޮންޓެކްޓްތަކާ ހުރި ބާވަތްތަކުގެ ލިސްޓެއް. އޭރުން މިއަށް އަގު ކަނޑަޅާނީ ދަނޑުވެރިޔާ އާއި ވިޔަފާރިވެރިޔާ ވާހަކަ ދައްކައިގެން،" ކަރަމް އަވަސް ނޫހައް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެއެވެ.

އެސްޓީއޯއަށް ތަކެތި ވިއްކުމަށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި ތަކެތި ގަތުމާ ބެހޭ ގަވައިދެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. 

Advertisement

ކޮމެންޓް

Advertisement