މާލެއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

22 Apr 2020 | 20:56

މާލެއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ދައްކަން ދިޔަ ފަރާތްތަކެއް ޓެސްޓްކުރުމުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއި އެކު މާލެއިން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 66 އަށް އަރާފައެވެ.

މި ފަރާތްތައް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖެއިން މިހާރު ކޮވިޑް-19 ގެ ޖުމްލަ 86 ކޭސް ވަނީ ފެނިފައެވެ.

Advertisement

ކޮމެންޓް

Advertisement