ލޮކްޑައުންއާއި ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމާއި ގުޅޭ ކުއްލި މައްސަލައެއް!

22 Apr 2020 | 15:11

މާލެ ސިޓީ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކުއްލި މައްސަލައެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މި މައްސަލަ ހުށައަޅުއްވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ މާލެ ލޮކްޑައުންއަަށް ދިޔައިރުގައި އަތޮޅުތަކުން ދަތުރުވެރިންގެ ގޮތުގައި އައިސްތިބި ފަރާތްތަކަށް އަނބުރާ ރަށްތަކަށް ދެވޭނެގޮތެއް އެނގިފައިނުވާ ކަމަށެވެ. އަދި މި ހާލަތުގައި މާލޭގައި ގެދޮރުނެތި މަގުމަތިވަމުންދާ ފަރާތްތަކާއި މެދު އަމަލު ކުރާ ގޮތެއް އެނގެން ނެތުމާއި އެކު އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެކަން ހުށައެޅުއްވީ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މި މައްސަލަ ބަލައިގަނެ އެކަމާއި މެދު ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ވަނީ ވޯޓު ނަގާފައެވެ. އެގޮތުން އެ މައްސަލައާއި މެދު ބަހުސްކުރުމަށް ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 66 މެންބަރުން އިއްތިފާގް ވެލެއްވިއެވެ.

Advertisement

ކޮމެންޓް