Advertisement

ކޮވިޑް-19 އާއި ގުޅިގެން ދިރާގު މޯލްޑިވްސް ރޯޑްރޭސް އަންނަ އަހަރަށް ފަސްކޮށްފި

22 Apr 2020 | 16:04

ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ޙަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ 14 ވަނަ ދުވުމުގެ ޙަރަކާތް މިއަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.

ދިރާގުން ބުނީ ހަމަ އެއާއެކު، ކޮވިޑް19 މުޖުތަމަޢުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވުމުން، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއްކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، ދުވުންތެރިންނާއި މުޖްތަމަޢުގެ ދުޅަހެޔޮ ޞިއްޙަތާއި، ސަލާމަތާއި ރައްކާތެރި ކަމަކީ ދިރާގުން އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތައްކަމަށް ވަނީ ބުނެފައެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ހުރިހާ ދުވުންތެރިން މި ވޭތުވެދިޔަ 13 އަހަރު ކެނޑިނޭޅި ދެމުން ގެންދިޔަ ސަޕޯޓަށާއި އެއްބާރުލުމަށް ދިރާގުން ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިއަންނަ އަހަރު، މި ޕެންޑަމިކް އިން ސަލާމަތް ވެއްޖެ ކަމުގައި ވަނީ ނަމަ، އިތުރު ފުރިހަމަކަމާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނެ ކަމުގެ ޔަގީންކަން ދިރާގުން އަރުވަމެވެ"، ދިރާގުން ބުންޏެވެ.

Advertisement

ކޮމެންޓް

Advertisement