ކޯވިޑް-19އަށް ފުލުހުންގެ ޕީސީއާރު ޓެސްޓްހެދޭ މެޝިން ބޭނުންކުރަންފަށައިފި
ކޯވިޑް-19އަށް ޓެސްޓްހެދުމަށް އިތުރު މެޝިނެއް ބޭނުންކުރަންފަށައިފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރަމުން އައި މެޝިނެއް ކޯވިޑް-19އަށް ޕީސީއާރު ޓެސްޓްހެދުމަށް މިއަދު ބޭނުންކުރަން ފަށާފައިވާކަމަށެވެ.
މިހާތަނަށް ޕީސީއާރު ޓެސްޓުކުރަމުން އައީ އައިޖީއެމް ހޮސްޕިޓަލުގައި ހުރި އެންމެ މެޝިނަކުންކަމުން ކޮވިޑް-19 ޓެސްޓް ހެދޭ މިންވަރުވަނީ މަދުވެފައެވެ.
ފުލުހުންގެ ޕީސީއާރު މެޝިން ބޭނުންކުރަން ފެށުމާއިއެކު އެމެޝިނުން 100 ޓެސްޓް ހެދޭނެކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެދަދު އިތުރުކުރެވޭނެކަމަށްވެސް މަބުރޫކްވަނީ ވިދާޅުވެފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޕީސީއާރު ޓެސްޓް ކިޓް ނުވަތަ ކޯވިޑް-19އަށް ޓެސްޓްކުރާ 5000 ކިޓް މިއަދު ލިބިފައިވާކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists