ތަރައްގީގެ ބައެއް ޕްރޮޖެކްޓްތައް މަޑުޖައްސާލަނީ

24 Apr 2020 | 21:00

ޕީއެސްއައިޕީގެ ދަށުން އަލަށް ފެށުމަށްހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން މިހާތަނަށް އަދި ނުފަށާފައިވާ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ. ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީ ނުލިބޭނެކަމަށް ލަފާކުރެވޭތީ ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ނުފަށާގޮތަށް ނިންމީކަމަށް އަމީރު ވިދާޅުވިއެވެ. ސަރުކާރުން މިއަހަރު ކަޑައެޅި ބަޖެޓްގައި 10 ބިލިއަން ރުފިޔާވަނީ ޕީއެސްއައިޕީގެ މަސްރޫއުތަކަށް ކަނޑައަޅާފައެވެ.

އަމީރު ވިދާޅުވީ އިގްތިސޯދު ހިނަރުވުމާއި ގުޅިގެން ސަރުކާރުގެ ހަރަދު ބޮޑުތަނުން ކުޑަކުރަން ޖެހިފާއިވާކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ހަރަދާ، ޓެރެއިނިން ހަރަދާ އަދި ހަރުމުދާ ހޯދުމުގެ ހަރަދުތަކުގެ ބޮޑުބައެއް މިވަގުތު ހުއްޓާލައިފާ ވާކަމަށް ވިދާޅުވިއެވެ.

ދައުލަތުން މިއަހަރު ކަނޑައެޅި ބަޖެޓަކީ 37.8 ބިލިއަން ރުފިޔާއެވެ.

Advertisement

ކޮމެންޓް

Advertisement