އުތުރުގެ ގިނަ ރަށްތަކަށް ދަތުރުކުރާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

26 Apr 2020 | 14:03

ދިވެހިރާއްޖޭގެ އުތުރުގެ ގިނަ ރަށްތަކަށް ދަތުރުކުރާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 133 އަކީ 49 އަހަރުގެ ދިވެއްސެއްކަމަށާއި އެއީ އަމާޒު ބޯޓުގެ ކެޕްޓަން ކަމަށެވެ.

މިމަހުގެ 15ވަނަ ދުވަހުގައި މާލެއިން ފުރި މި ބޯޓުގައި 98 މީހުން ތިބިކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. މި ބޯޓުން މީހުން ފޭބި ރަށްތަކުގެ ތެރޭގައި ހއ، ށ އަދި ނ އަތޮޅުގެ ރަށްތައް ހިމެނޭކަމަށެވެ. އެ ރަށްތައް މިހާރު މޮނީޓަރިންގއަށް ގެންދެވިފައިވާކަމަށް އަފްޒަލް ފާހަގަކުރެއްވިއެވެ. އެބޯޓުން ދަތުރުކުރި ރަށްތަކަކީ:

ނ. އަތޮޅުން: މާފަރު، ހެނބަދޫ، މިލަދޫ، ވެލިދޫ، ހޮޅުދޫ، ކެނދިކުޅުދޫ

ށ. އަތޮޅުން: ނަރުދޫ، ފުނަދޫ، މިލަންދޫ، ފީވަށް، މާއުނގޫދޫ

ހއ.އަތޮޅުން: ދިއްދޫ، އުތީމު، މިއެވެ.

ޑރ.އަފްޒަލް އިތުރަށް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް 51  ކޮންޓެކްޓެއް ހޯދިފައިވާކަމަށެވެ. އަދި އެ ކެޕްޓަނާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުން އެޗްޕީއޭގެ ހޮޓްލައިނަށް އެންގުމަށް އެބޭފުޅާ އެދިލެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement