ދިވެހިރާއްޖެއިން އިތުރު އެގާރަ މީހަކަށް ކޮވިޑް-19 ޖެހިއްޖެ

26 Apr 2020 | 17:18

ދިވެހިރާއްޖެއިން އިތުރު އެގާރަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި އެއީ 9 ބަންގްލަދޭޝްގެ ރައްޔިތުންނާއި އެއް އިންޑިޔާގެ ރައްޔިތަކާއި އެއް ދިވެއްސެކެވެ. އެފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ދިވެހިރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ  188އަށް އަރާފައެވެ. މިއަދު އެކަނިވެސް މިހާތަނަށް 47 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް