އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ސްކޫޓްއިން ހާއްސަ ފެއާތަކެއް

12 Nov 2018 | 19:10

އޮސްޓްރޭލިއާ އަދި ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކަށް ސްކޫޓް އެއާލައިނުން ވަރަށް ހާއްސަ އަގުތަކެއްގައި ފެއާއެއް ތައާރަފްކޮށްފިއެވެ.

މިގޮތުން ކުރިއަށް އޮތް 2019 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ސިޓީތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އަގުހެޔޮ ފެއާތަކެއްގައި ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ވަންވޭ ނަގާނަމަ ޕާތްއިން ރާއްޖެއަށް 199 ޑޮލަރަށް ދަތުރު ކުރެވޭއިރު ސިޑްނީއާއި މެލްބަންއުން 229 ޑޮލަރަށް ރާއްޖެ އާދެވެއެވެ. އަދި ގޯލްޑް ކޯސްޓްއިން ރާއްޖެ އާދެވޭ އަގަކަށް ހަމަޖެހިފައިވަނީ 210 ޑޮލަރެވެ.

އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފެއްޓުމަށް ހަމަޖެހިފައިވާ މިފެއާތައް 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމުގައި އެ އެއާލައިނުން މައުލޫމާތު ދެއެވެ. މިފެއާ ބޮޑަށް އަމާޒުކުރެވިފައިވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށެވެ.

އޮސްޓްރޭލިއާއިން ގްރީސް އަދި ސިންގަޕޫރަށް ވަންވޭ ނަގައިގެން ދަތުރުކުރާ މީހުނަށް ހާއްސަކޮށްގެންވެސް ސްކޫޓްއިން ވަނީ ފެއާއެއް ތައާރަފް ކޮށްފައެވެ. 

Advertisement

ކޮމެންޓް