ގައުމީ އެއާލައިނުގައި ގަމުން ޓްރިވެންޑްރަމްއަށް 99 ޑޮލަރަށް

12 Nov 2018 | 19:44

އައްޑު އަތޮޅުގަމުން އިންޑިއާގެ ޓްރިވެންޑްރަމްއަށް އަންނަ މަހުގެ އެއްވަނަ ދުވަހު ހާއްސަ ދަތުރުއް ކުރުމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއުން ނިންމައިފިއެވެ.

އެކި ބޭނުންތަކަށް އެންމެ ގިނައިން ދިވެހިން ގޮސްއުޅޭ އެއްތަން ކަމަށްވާ ޓްރިވެންޑްރަމްއަށް ކުރުމަށް ހަމަޖެހިފައިވާ މި ހާއްސަ ދަތުރު އޮންނީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު އެކަނިކަމަށް މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއެވެ.

މި ދަތުރަކީ ސްކޫލްތަކުގެ ކިޔެވުން ނިމި އަހަރީ ޗުއްޓީ ދުވަސްވަރުކަމުން ބާއްވަން ނިންމި ހާއްސަ ދަތުރެއްކަމުގައި މޯލްޑިވިއަންގެ ފަރާތުންވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުގެ އަގެއްގެ ގޮތުގައި 99 ޑޮލަރު ހަމަޖެހިފައިވާއިރު ގަމުން ޓްރިވެންޑްރަމްއަށް އަދި މާލެއަށް ދަތުރުކުރެވޭ ހާއްސަ ފެއާއެއްވެސްވަނީ ތައާރަފް ކުރެވިފައެވެ. މި ފެއާގެ އަގަކީ 250 ޑޮލަރެވެ.

ގަމާއި ފުވައްމުލަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފްލައިމީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު އަވައްޓެރި ސްރިލަންކާގެ ސްރިލަންކަން އެއާލައިނުން އަންނަނީ ގަމާއި ކޮލޮންބޯއާއި ދެމެދު މިހާރުވެސް ދަތުރުތަކެއް ބާއްވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement