އަސާސީ ހިދުމަތްތައް ދިނުމަށް މެއި 4 އަދި 6 ގައި ބީއެމްއެލް ހުޅުވަނީ

30 Apr 2020 | 16:34

އަސާސީ ބޭންކިންގެ ހިދުމަތްތައް ދިނުމަށް މެއި 4 އަދި 6 ގައި ބޭންކް ހުޅުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.

މި ދުވަސްތަކުގައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ބީއެމްއެލް އިން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކަކީ:

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް:

އިންޓަނޭޝަނަލް ޓްރާންސްފަ (ޓީޓީ) ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެ އެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ހިދުމަތް:

ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ އެވެ. މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. ހެނދުނު 11:00 ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ވާނެ އެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން:

އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގަ އެވެ. ހެނދުނު 11:30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސް ވާނެ އެވެ.

ބީއެމްއެލް އިން ބުނީ، ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށާއި މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

Advertisement

ކޮމެންޓް

Advertisement