Advertisement

ތަފާތުތަކާއި އެކު މަންތާ އެއާ އުދުހެން ފަށަނީ

13 Nov 2018 | 09:49

ތަފާތު ދެ ކްލާހެއްގެ ސީޓާއި އެކު، ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް ވަރަށް އަވަހަށް އުދުހެން ފެށުމަށް މަންތާ އެއަރއިން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މަންތާާ އެއަރގެ ފުރަތަމަ މަތިންދާބޯޓު ގެނައުމަށްފަހު މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ވެލާާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް މި ރަަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ އެއަރލައިންގެ ސީއީއޯ   މުހައްމަދު ހަލީލް ވިދާޅުވީ މަންތާާ އެއަރގެ އެއަރކްރާފްޓްތަކުގައި ދެ ކްލާހެއްގެ ސީޓްތައް ހިމެނޭނެކަމަށެވެ. 

އަދި މި އެއަރލައިން އަކީ ޕްރީ ޝެޑިއުލްޑް، ހަމަސް ކުރިންވެސް ޓިކެޓް ނެގޭނެ އެއަރލައިންއެއްގެ ގޮތުގައި ހަލީލް ވަނީ ފާހަގަކޮށްފައެވެ. ހަލީލް ވިދާޅުވީ މަންތާގެ އިންފްލައިޓް ހިދުމަތްތައްވެސް އެހެން ފްލައިޓުތަކަށްވުރެ ތަފާތުވާނެކަމަށާއި، އަގުތައްވެސް ހެޔޮވާނެކަމަށެވެ.

މަންތާ އެއަރ އިން ސީޕްލޭންގެ ދަތުރުތައްވެސް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބުނުހާ އަވަހަށް އެކުންފުނީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އެއަށްފަހު ބ. ދަރަވަންދޫ އަށް އަދި ތ. ތިމަރަފުއްޓަށް ދަތުރުތައް ފަށާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ

Advertisement

ކޮމެންޓް