ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގައި އިދިކޮޅުގެ ދައުރު ބޮޑު:އާރޑީސީ އެމްޑީ

03 May 2020 | 13:16

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ދައުރު ބޮޑުކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ މެންބަރު މޫސާ އަލީ މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

މޫކޭ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިއުމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ދައުރު ވަރަށް ބޮޑުކަމަށެވެ. 

އެގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމުން ނޫނީ ގޭގައި މަޑުނުކުރަން ހިތްވަރުދިނުމާއި، މުއައްސަސާތަކުން ކުރަމުން އައި ބުރަ މަސައްކަތް ފެއިލް ކޮށްލުމަށް ރޭވިގެން ހިންގުނު ހަރަކާތްތަކުން ރައްޔިތުން ހަލާކުގެ ތެރެއަށް ވައްޓާލިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މޫކޭގެ މި ބަސްތަކާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އެބޭފުޅާއަށް އަމާޒުވެފައެވެ. 

ފޮޓޯ: ރާއްޖެއެމްވީ

Advertisement

ކޮމެންޓް