ކޮވިޑް-19 އާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް 30 މިލިއަން ރުފިޔާގެ އެހީ ދީފި

02 May 2020 | 16:16

އިކޮނޮމިކް ސަޕޯޓްގެ ގޮތުގައި 30.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

މި އެހީއަކީ އިޖްތިމާޢި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިވިލް ސޮސައިޓީއިން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީ އެކެވެ.

މިއެހީގެ ތެރޭގައި ސަރުކާރަށް ބޭނުންވާ ފަންނީ އެހީތެރިކަމާ، އަމިއްލަ ވިޔަފާރިތަކާއި އަދި މާލީ އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަން ހިމެނެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެމެރިކާގެ މިއެހީތެރިކަމަށްޓަކައި އެޤައުމުގެ ޚާރިޖީ ވަޒީރު މައިކަލް އާރް. ޕޮމްޕެއޯ އާއި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، ކޮވިޑް-19 އިން އަރައިގަތުމަށް ރަހުމަތްތެރި ޤައުމުތަކުގެ އެހީގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް