ކޮވިޑް-19: ޓޫރިޒަމް އިންޑަސްޓްރީ އޮތީ ސަރުކާރާ އެކުގައި މަސަައްކަތް ކުރުމަށް ތައްޔާރަށް

06 May 2020 | 21:21

ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީ އޮތީ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާރޗް މަހުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ހަރަކާާތްތެރިވާ ޖަމިއްޔާ ތައް ކަމުގައިވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕޮރޭޓާރސް (މަޓާޓޯ)، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)، ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)، ޑައިވާރސް އެސޯސިއޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޑޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ދަނީ އެކުގައި ކޮލޮބޮރޭޓިވް މަސައްކަތްތަކެއް ކުރަމުންނެވެ.

މާރޗްމަހު ލޮކްޑައުންގެ ކުރިން މިޖަމިއްޔާތަކުން އިސްވެވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން މީރާގެ ޓެކްސް ކޮމިޝަނަރާއި ބައްދަލުކޮއްފައެވެ. މިބައްދަލު ކުރުންތަގުގައި މަޝްވަރާކޮއްފައިވާ ކަންކަމުގެ އަލީގައި ސަރުކާރުން މިވަގުތައް ނެރެދެއްވާފައިވާ މޮރޮޓޯރިއަމް އާއި ރިލީފް ލޯން ތަކަކީ ރަގަޅު ފިޔަވަޅުތަކެއް ކަމަށާއި، އެހެންނަމަވެސް މި ރިލީފްލޯން ތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓްތައް ބަދަލު ކުރުން ރަގަޅުކަމަށް ޓޫރިޒަަމް އިންޑަސްޓްރީ ޖަމިއްޔާތަކުން ދެކޭކަމަށް އެޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ލޯންތައް އަވަހައް ލިބުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއެވެ. ކުރިން ލޯންތައް ދޫކުރުމަށް ހަމަޖެހިފައިވީ މިދިޔަ ހަފްތާގައި ނަމަވެސް އެކަން ވަނީ މިހަފްތާއަށް ފަސްކުރެވިފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ރާއްޖެހުޅުވާލުމަށް ޖުލައި މަހު ނުވަތަ ޖޫން މަހުގެ ފަހުކޮޅު ރޭވިޔަސް މިހާރެކޭ އެއްފަދައިން އެކުގައިމަސައްކަތް ކުރުމަށް ހުރިހާ އެސޯސިއޭޝަންތައްވަނީ ތައްޔާރަށްކަމަށާއި، މިގޮތުން ސިޓުއޭޝަން އެނަލައިޒްކޮއް ކޮންމެ ދުވަހަކުވެސް އިންޑަސްޓްރީ ބައްދަލުވުންތަކާއި މަޝްވަތާތައް ޑިޖިޓަލްކޮއް ކުރިއަށްގެންދާނެކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ. 

Advertisement

ކޮމެންޓް