ކޮވިޑް-19: ފްރޮންޓްލައިން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދެނީ

07 May 2020 | 18:03

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަސްދިނުމަށް ކެޓަގަރީތަކެއް ހަދާ އިތުރު އެލަވަންސްއެއް ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުގެ މަތިން ސަރުކާރުން ވަނީ ތިން ކެޓަގަރީއެއް އެކުލާވާލާފައެއެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ތިން ވަނަ ކެޓަގަރީ އަކީ ފުރަތަމަ ދެކެޓަގަރީއަށް ނުފެތޭ މީހުންގެތެރެއިން ދުވާލަކު 6 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ ފަރާތްތައްހިމެނޭ ކެޓަގަރީއެވެ.

ހައި ރިސްކް ކެޓަގަރީ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ

މީޑިއަމް ރިސްކް ކެޓަގަރީ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ

ތިން ވަނަ ކެޓަގަރީ (ފުރަތަމަ ދެކެޓަގަރީއަށް ނުފެތޭ ފަރާތްތަކުގެ ތެރެއިން ދުވާލަކު 6 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ ފަރާތްތައް): މަސަކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ

ސަރުކާރުން ފްރޮންޓްލައިން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ނިންމާފައިވާއިރު، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް