ކޮވިޑް-19: މާފުށީ ޖަލުގައި ރެންޑަމް ސާމްޕަލް ނަގައިފި

08 May 2020 | 19:25

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުގެ އަސަރު ޖަލުތަކަށް ކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި މާފުށީ ޖަލުގައި ރެންޑަމް ސާޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް އަދި އެންއީއޯސީ ގުޅިގެން ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ސާމްޕަލް ނަގާފައިވަނީ އެކިއެކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ވަނީ ނަގައިފައެވެ.

Advertisement

ކޮމެންޓް