Advertisement

ޗައިނާ އިން އިންޑިއާއަށް 7.7 ބިލިއަން ރުފިޔާގެ ލޯނުގެ އެހީ ދީފި

09 May 2020 | 00:29

ޗައިނާ އިން އުފެއްދި އޭޝިޔާ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭކުން އިންޑިއާއަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ ލޯނުގެ އެހީ ދޭން ނިންމައިފިއެވެ.

އެ ބޭންކުގެ ބޯޑުން މިއަދު ނިންމާފައިވަނީ ކޮވިޑް ގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް މި ލޯނުގެ އެއީ ދޫކުރާށެވެ. ކޮވިޑް-19 އިން އަރައިގަތުމަށް މެމްބަރު ގައުމުތަކަށް އެހީ ވުމުގެ ގޮތުން މި ބޭންކުންވަނީ 10 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ތައްޔާރު ކޮށްފައިއެވެ.

މި ޕެކޭޖުގެ ދަށުން އެހީވާން ނިންމާފައި ވަނީ ގައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ހިނގާ ޕްރޮޖެކްޓްތަކާއި، އިގްތިސޯދު ކޮޅަށް ޖަހައި އާރާސްތު ކުރުމަށް ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ހިންގޭ ޕްރޮޖެކްޓް ތަކަށެވެ.

އިންޑިއާ އަކީ ޗައިނާ ގެ މި ބޭންކުން ފުރަތަމައަށް މިހާ ބޮޑު ލޯނުގެ އެހީއެއް ލިބިގެންދާ ގައުމެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހިރާއްޖެވެސް ވަނީ އޭ.އޭ.އައި.ބީ ގެ މެންބަރަކަށް ވެފައިއެވެ. ދިވެހި ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ އެ ބޭންކުން ރާއްޖެއަށް އެހީ ލިބޭތޯ ބައްލަވާނެކަމަށެވެ.  

Advertisement

ކޮމެންޓް

Advertisement