ރާއްޖެއިން ޗައިނާއާއި ޖެހިގަނެގެން ކަންކަން ހައްލުނުވާނެ: މަވޯޓާ ޝަރީފް

10 May 2020 | 02:27

ރާއްޖެއިން ޗައިނާއާ ޖެހިގަނެގެން ކަންކަން ހައްލު ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

މެންބަރު ޝަރީފް މިފަދައިން ވިދާޅުވީ ޗައިނާގެ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް ( އޭއައިއައިބީ) އިން ކޮވިޑް 19 އާ ގުޅިގެން އިންޑިއާގެ ސިއްހީ ދާއިރާއަށް އެހީތެރިވުމަށް 500 މިލިއަން ޑޮލަރުގެ ލޯން އެހީ ދޭން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އިންޑިއާއަށް 7.7 ބިލިއަން ރުފިޔާގެ އެހީ ޗައިނާއިން ދޭން ނިންމާފައިވާއިރު، އިންޑިއާ އަކީ ޗައިނާ ގެ މި ބޭންކުން ފުރަތަމައަށް މިހާ ބޮޑު ލޯނުގެ އެހީއެއް ލިބިގެންދާ ގައުމެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހިރާއްޖެވެސް ވަނީ އޭ.އޭ.އައި.ބީ ގެ މެންބަރަކަށް ވެފައިއެވެ. ދިވެހި ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ އެ ބޭންކުން ރާއްޖެއަށް އެހީ ލިބޭތޯ ބައްލަވާނެކަމަށެވެ. 

ޝަރީފްގެ ޓުވީޓުގައި ޗައިނާއިން އިންޑިއާއަށް ދިން އެހީ ފާހަގަކޮށް، ރާއްޖެއަށްވެސް ޗައިނާގެ ފަރާތުން އެފަދަ އެހީއަކަށް އެދުމުގެ ފުރުސަތު އޮތް ކަމަށާއި. އެހެންނަމަވެސް މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން ހުރިހާކަމެއްގައި ޗައިނާއާ ޖެހިގަނެގެން އުޅޭކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ޗައިނާއާ ޖެހިގަނެގެން ކަންކަން ހައްލު ކުރުމުގައި ކުރިއެރުން ނުލިބޭނެ ކަމަށެވެ.

އެންމެ ފާޅުބޮޑުގޮތަކަށް ޗައިނާއާއި ދެކޮޅަށް ބަސް ވިދާޅުވަމުން އަންނަ މަޖިލިސް ރައީސް ނަޝީދުވަނީ، ޗައިނާގެ ހިލޭ އެހީގެ ގޮތުގައި އެތަކެއް ސިއްހީ ވަސީލަތްތަކެއް ފޯރިކޮށްދިނުމުން ޗައިނާއަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އިންޑިއާއަށް ޝުކުރު އަދާކުރައްވާ ޓުވީޓުކުރައްވާފައެވެ. މިހާތަނަށް އިންޑިއާއިން ބޮޑެތި އެހީތަކެއް ލިބިފައި ނުވިނަމަވެސް، ރާއްޖެއިން ގަންނަ ތަކެތި ރާއްޖެއަށް ގެނެވޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ.


Advertisement

ކޮމެންޓް