Advertisement

މެޑްޓެކް ކުންފުންޏާއި ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ދިވެހިރާއްޖެއަށް ގެނެސްފި

10 May 2020 | 15:23

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖެއަށް ހޯދުމަށް ހެލްތު މިނިސްޓްރީން ނިންމި ވެންޓިލޭޓަރުތަކުގެ ތެރެއިން ވެންޓިލޭޓަރުތަކެއް ދިވެހިރާއްޖެއަށް ގެނެސްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އައި ސްރީލަންކަން އެއާލައިންސްގެ ޚާއްސަ ފްލައިޓެއްގައި ގެނެސްފައިވަނީ މެޑްޓެކް ކުންފުނިން ގެނައި 18 ވެންޓިލޭޓަރެވެ. މެޑްޓެކް ކުންފުންޏާއި އެކު ސަރުކާރުން އެއްބަަސްވެފައިވަނީ 50 ވެންޓިލޭޓަރުތައް ގެނައުމަށެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ވަނީ 14 މިލިޔަން ރުފިޔާއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދިވެހި ދެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީސް އަދި ޔޫއޭއީގެ ކަންޓްރީ އޮފީސް މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ދަށުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންގ ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރެވުނުކަމަށް ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް