Advertisement

އައްޑޫ ސިޓީގައި އިއުލާން ކުރި ލޮކްޑައުންގެ ހާލަތު އުވާލައިފި

10 May 2020 | 16:50

އައްޑޫ ސިޓީގައި އިއުލާން ކުރި 14 ދުވަހުގެ ލޮކްޑައުންގެ ހާލަތު 24 ގަޑިއިރަށްފަހު އުވާލައިފިއެވެ.

އައްޑޫގައި ލޮކްޑައުން ކޮށްފައި ވަނީ އެ ސިޓީން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ހެދި އޭނާގެ ޓެސްޓު ވަނީ ނެގެޓިވްވެފައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ލޮކްޑައުންގެ ހާލަތު އައްޑޫގައި އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށާއި އެހެންކަމުން ލޮކްޑައުންގެ ހާލަތު އުވާލުމަށް އަންގާ ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެންނަން ވަނީ އަންގާފައެވެ.

މި ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ދައްކާފައިވާ މީހާއަކީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.

ރާއްޖެއިން މިހާތަނަށް 790 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 29 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Advertisement

ކޮމެންޓް