ބަލި ގަބޫލްކޮށް އިބޫއަށް ޑރ ޝަހީމް މަރުހަބާ ދަންނަވައިފި

24 Sep 2018 | 15:08

މިއަހަރުގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމިންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ރިޔާސީ އިންތިޙާބް ކަމިޔާބުކުރެއްވި އިދިކޮޅު ކެޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ސަހީމް ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވީ އިބޫ އަށް ވަރަށް ހޫނު މަރުހަބާ އެއްދަންނަވާފައެވެ، އިތުރަށް ސަހީމް ވިދާޅުވީ އިބޫގެ ވެރިކަމުގައި ރާއްޖެއަށް ހޮޔޮބަދަލްތަކެއް އަންނާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި ރައްޔިތުން އިބޫއަށް ފުރުސަތު ދެއްވުމަށް ގޮވާލެއްވިއެވެ.

ޑރ. ސާހިމް ވަނީ ރިޔާސީ އިންތިހާބުގައި ވަރަށް ގިނަ ރަށްތަކަށް ގޮސް ވާދެވެރި ކެމްޕޭނެއް ކުރައްވާ ގިނަ ރައްޔިތުން ތަކަކާއި ބައްދަލްކުރައްވާފައެވެ. ރިޔާސީ ރޭހަށް ނިކުންނެވިނަމަވެސް ސަހީމް ދަނީ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލެރގެ މަގާމްވެސް ފުރުއްވަމުންނެވެ.

ޑރ.ސަހީމްގެ އިތުރުން ގިނަބަޔަކު ދަނީ އިބްރަހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ދަންނަވުމުންނެވެ.

Advertisement

ކޮމެންޓް