Advertisement

ލޮކްޑައުނާއި ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުންގެ ޚަރަދު ސަރުކާރުން ދޭން މަޖިލީހުން ފާހެއްނުވި!

12 May 2020 | 21:20

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތަކަށް ގެންދިޔައިރު، މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ ފަރާތްތަކުގެ ޚަރަދު ސަރުކާރުން ދޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި އިސްލާހު ފާސްވާގޮތް ނުވެއްޖެއެވެ.

މި އިސްލާހާއި ޝިޔާމް ހުށައެޅުއްވި އެހެން އިސްލާހެއް ފާސްކުރުމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. އަދި އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް 40 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން އެ ދެ އިސްލާހުވެސް ފާސްވާގޮތެއް ނުވިއެވެ.

ލޮކްޑައުންގައި މާލޭގައި ތާށިވެފައިވާ ފަރާތްތަކަށް ސަރުކާރުން ޚަރަދުކުރުމުގެ އިތުރުން ޝިޔާމް ހުށައެޅުއްވީ ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްކަަށް ކޮވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ދިނުމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ހުށައެޅި ރިޕޯޓްގައިވެސް ވަނީ މި ހާލަތުގައި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވާ ފަރާތެއްގެ ދަރިއަކާއި ހަވާލުވާނެ ފަރާތެއް ނެތްނަމަ ދައުލަތުން ހިމާޔަތްދިނުމާއި، ވަޒީފާ ގެއްލޭ ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދިނުން ފާހަގަކޮށްލެވެއެވެ.

އެ ރިޕޯޓް ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ.

Advertisement

ކޮމެންޓް