މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރެވޭ މުއްދަތު އިތުރުކޮށްފި

14 May 2020 | 21:31

ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރި މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން ވަނީ 28 މޭ 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކުރެވިފައެވެ.

މިނިސްޓްރީން ބުނީ މިހާލަތުގައި ހަމައެކަނި ބަންގިގޮވުމަށާއި. ބަންގީގެ ފަހުގައި " ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގާފައިވާކަމަށެވެ.

އަދި މިހާލަތުގައިވެސް ފަރުޝު ނަމާދުތަށް ކޮށް، ސުންނަތް ނަމާދު ގިނަކޮށް ދުއާކުރުން މަތީ ދެމިތިބުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް