Advertisement

ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވަނީ، އޮރެންޖް އެލާޓް ނެރެފި

16 May 2020 | 14:21

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މިފަހުގެ ތާރީހެއްގައި މެޓުން އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.

އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށެވެ.

އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ.

ބޭއޮފް ބެންގާލްގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަނީ

ރާއްޖޭގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، އެހެން ނަމަވެސް ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުރާނެވަރު ކުޑަވާނެ ކަމަށް ނެޝަނަލް މީޓިއަރޮލޮޖިކަލް ސެންޓަރު (މެޓް) އިންވަނީ ހާމަކުރައްވާފައެވެ.

"ކުރިޔަށް މިއޮތް ދުވަސްތަކުގައި ވައި ބާރުކޮށް ހިފަހައްޓާނެ. އޭގެ އެންމެ އެއް ސަބަބަކީ ހަގީގަތުގައި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައި އިން ބާރުގަދަ ކޮޅިގަނޑު އެއްކޮށް ބާރުގަދަވާނެ ކަމަށް ބެލެވޭ. މާދަމަ ކޮޅިގަނޑު ތޫފާނާކަށް ބަދަލުވެގެންދާނެ. ރާއްޖެއާ ދުރުން މިސްރާބު ހުންނާނީ. އެހެން ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ބާރުމިން ފުދޭވަރަކަށް ހިފަހައްޓާނެ. ކުރިޔަށް މި އޮތް ދެތިން ދުވަހުވެސް" އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހާފިޒް ވިދާޅުވީ، މިހާރު މޫސުން ބޮޑަށް ގޯސްވެެެގެން އުޅެނީ ވައި އެވަރޭޖްކޮށް ބާރުމިނުގައި ހުރުމުން ކަމަށެވެ. މެދު ރާއްޖެއާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް އެވަރޭޖް ވައިގެ ބާރުމިން އުޅެނީ 28 މޭލާއި 35 މޭލާއި ދޭތެރޭގަ އެވެ. ވިލާގަނޑުން 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މެޓުން ވަނީ މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް ނެރެފަ އެވެ.

Advertisement

ކޮމެންޓް