Advertisement

އަނަސް: ލޮކްޑައުންގެ ހާލަތުގައިވެސް ބުޅާތަކަށް ކާންދިނުމުގައި!

16 May 2020 | 18:08

މީގެ މަސްތަކެއް ކުރިން އަޅުގަނޑާއި ދިމާވި ރާއްޖެއިން ބޭރުގެ ފަރާތެއް ދެއްކި ވާހަކައެއް އަޅުގަނޑުގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ ހުޅުމާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ އަދަދުތައް ގިނަކަމުގެ ވާހަކައެވެ. ތެދެކެވެ، ހުޅުމާލޭގެ މަގުމަތީގައި ގިނަ އަދަދެއްގެ ބުޅާ އަބަދުވެސް ކާތަކެތި ހޯދުމަށް ދުވެ އުޅޭތަން އަބަދުވެސް ފެންނާނެއެވެ.

އާންމުކޮށް އެފަދަ ބުޅާތައް ކާއެެއްޗެއް ހޯދާނީ މީހުން ދިނުމުން، ނުވަތަ ކުނިކޮތަޅުތަކުންނެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިކަން ވަނީ ވަރަށް ބަދަލުވެފައެވެ. އެ ބުޅާތަކަށް އާންމުކޮށް ކާންދިނުމުގެ މަސައްކަތް ކުރާ އާންމު ފަރާތްތަކަށް އެކަން ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ނަމަވެސް ހުޅުމާލޭގައި ދިރިއުޅެމުންދާ އަނަސް އަލީ އަކީ ލޮކްޑައުންގެ ހާލަތު އޮތް ކަމުގައިވިޔަސް، ބުޅާތަކަށް ކާން ދިނުމުގެ މަސައްކަތް ކުރަމުންދާ ފަރާތެކެވެ. މީގެ ކުރިން ކާރު ރޭސިންގގެ ދާއިރާގައި ހަރަކާތްތެރިވެ މިހާރު އަމިއްލަ މަސައްކަތެއް ކުރަމުންދާ އަނަސް ދަނީ ހުޅުމާލޭގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ބުޅާތަކަށް ކާން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. 

ވޮއިސްއާއި ވާހަކަދައްކަމުން އެންމެންނާއި ގުޅޭ އެކުވެރި މިޒާޖެއްގެ އަނަސް ބުނީ ހުޅުމާލޭގައި ވީހާވެސް ގިނަ ތަންތަނުން ބުޅާތަކަށް ކާންދޭން މަސައްކަތް ކުރާކަމަށާއި، ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ބުޅަލަށް ކާންދޭން 500 ރުފިޔާ ހަރަދުކުރާ ކަމަށެވެ. 

އަދި މާލެއަށް ދެވޭ ފަހަރުތަކުގައި މާލޭގެ ތަންތަނުން ފެންނަ ބުޅާތަކަށް ކާންދޭން މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ. އަނަސް ބުނީ އޭނާ މިކަން ކުރަނީ ހެޔޮހިތުން ޖަނަވާރުތަކަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންކަމަށެވެ. 

Advertisement

ކޮމެންޓް