Advertisement

އިންޑިއާއިން ރާއްޖޭގެ ކުޅިވަރަށް މިލިއަނުން ޑޮލަރު ހަރަދު ކުރޭ: މިނިސްޓަރ މަޙްލޫފު

17 May 2020 | 02:54

އިންޑިއާއިން ރާއްޖޭގެ ކުޅިވަރަށް މިލިއަނުން ޑޮލަރު ޙަރަދު ކުރާ ކަމަށް ޔޫތު މިނިސްޓަރ މަޙުލޫފު ވިދާޅުވެއްޖެއެވެ.

މަޙްލޫފު އެކަން ހާމަ ކުރެއްވީ ދުނިޔޭގެ ޖޫނިއާ ގޮލްފް ޗެމްޕިއަނެއް ކަމަށްވާ އިންޑިއާގެ އަރުޖުން ބާތީ އިސް ނަގައިގެން މޯދީ ކެއާ ފަންޑަށް އެހީ ހޯދަން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ފައިސާ ހަދިޔާ ކުރެއްވިކަން ހާމަކުރައްވާ ކުރި ޓުވީޓެއްގައެވެ.

މަހުލޫފް ވަނީ މޯދީ ކެއާއަށް 200 ޑޮލަރު ހަދިޔާކުރައްވާފައެވެ.

އިންޑިއާ އާއި ދިވެހިރާއްޖެ ދެމެދުއޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވިދާޅުވަމުން މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އިންޑިއާގެ ދީލަތި އެހީތައް އަބަދުވެސް ރާއްޖެ އަށް މެދު ނުކެނޑިލިބެމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރައީސް އިބްރަހިމް މުހައްމަދު ޞާލިހް ވެރިކަމާ ހަވާލުވުމާއެކު އިންޑިއާގެ އެހީ އެކި ދާއިރާތަކުން ރާއްޖެ އަށް ފޯރުކޮށް ދެއްވަމުން ގެންދާމިންވަރު ވަނީ އިތުރުކުރެވިފައެވެ. 

Advertisement

ކޮމެންޓް

Advertisement