ރައްކާތެރިކަމާއި އެކު ގޭގައި ތިބެގެން ބާޒާރުކޮށްލަން ގޯ ޕްރައިމް އެޕްލިކޭޝަން ޚިޔާރުކުރައްވާ!

16 May 2020 | 20:50

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މުޅި ރާއްޖެއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރުމުގެ ނިޔަތުގައި ގިނަ ފަރާތްތަކުން ދަނީ ފިހާރަތަކަށް ނުގޮސް، ވިޔަފާރި ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. މިފަދަ ފަރާތްތަކުގެ އުނދަގޫތަކަށް ލުޔެެއް ހޯދައިދޭން، ދިވެހިންތަކެއް ވަނީ ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ.

ގޯޕްރައިމް މޯބައިލް އެޕްލިކޭޝަންގެ ޓީމުން މައުލޫމާތުދޭ ގޮތުގައި މި އެޕް މެދުވެރިކޮށް، ކެއްކުމަށް ބޭނުންވާ ސާމާނާއި، ތަރުކާރީ އާއި މޭވާ، ކޮސްމެޓިކްސް، އަދި އިލެކްޓްރޯނިކްސްގެ ޚިދުމަތް ދެމުން އަންނަ ފިހާރަތަކުން ތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެކަނި ދިރިއުޅެމުންދާ ފަރާތްތަކަށް އަމާޒުކޮށް ކެފޭ އަދި ރެސްޓޯރެންޓުތަކުން ކާއެއްޗެހި އޯޑަރު ކުރެވޭނެގޮތްވެސް މި އެޕްލިކޭޝަންގައި ހިމެނިފައިވެއެވެ.

ވޮއިސްއާއި ވާހަކަދައްކަމުން ގޯޕްރައިމްގެ ޓީމުން ބުނީ މާލެ، ހުޅުމާލޭގެ އިތުރުން އއ. ރަސްދޫ، ލ. ގަން، ލ، މާވަށް، ފުވައްމުލައް، އަދި ސ. ހިތަދޫ އަދި ސ.ފޭދޫގައި ދިރިއުޅޭ ފަރާތްތަކަށް މި އެޕްގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި މި އެޕްގެ ޚިދުމަތް އެހެން ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

މިހާރުވެސް އޮންލައިންކޮށް ތަކެތި ފޯރުކޮށްދޭ އެޕްތައް ހުރިއިރު، އެފަދަ އެޕްތަކާއި އަޅާބަލާއިރު ރަނގަޅު ކަންތައްތަކެއް ގޯޕްރައިމްގައި ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި އެޕްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކަކީ ހަމައެކަނި ވަކި ގަޑިތަކެއްގައި އޯޑަރު ނަގާ ތަންތަން ކަމުގައިވާނަމަ، އޯޑަރު ނަގަން ފަށާ ގަޑިއެއްގައި ކަސްޓަމަރުންނަށް ނޮޓިފިކޭޝަންގެ ޒަރިއްޔާއިން އެނގޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން މިހާރު އޮންލައިކޮށާއި، ފޯން މެދުވެރިކޮށް އޯޑަރުކުރާއިރު އޯޑަރުކުރި ތަކެތި ސްޓޮކްނެތް މައްސަލައަށް މި އެޕްލިކޭޝަނުން ވަރަށްބޮޑަށް ހައްލުލިބިގެންދާނެއެވެ. އެގޮތުން ފިހާރާގައި ސްޓޮކްނެތްތަކެތި އެޕްލިކޭޝަނުން ވެސް ދައްކާނީ ސްޓޮކްނެތްކަމުގައެވެ. އެހެންކަމުން އޯޑަރުކުރާތަކެއްޗަކީ ފިހާރައިން ލިބެން ހުރި މުދާގެ ކަށަވަރުކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ފިހާރައަކަށް އޯޑަރު ދިނުމަށްފަހު އެ އޯޑަރެއް ފިހާރައިން ބަލައިގަތްކަން ނުވަތަ ނޫންކަން، އެޕްލިކޭޝަން މެދުވެރި ކޮށް ކަސްޓަމަރުންނަށް އެންގޭނެކަމަށްވެސް ގޯޕްރައިމްގެ ޓީމުން ފާހަގަކުރެއެވެ. އަދި އޯޑަރު ގައި ހިމެނޭ އައިޓަމެއް ފިހާރައިގައި ނެތްނަމަ އެކަންވެސް އެޕް މެދުވެރިކޮށް އެންގޭނެއެވެ.

ގޯ ޕްރައިމް ޑައުންލޯޑް ކުރެއްވުމަށް މި ލިންކަށް ފިތާލައްވާ!

މި އެޕްގައި ލިސްޓު ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން ނުވަތަ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9110666 ނަންބަރަށް ގުޅުމުން ނުވަތަ ވައިބާ، ވަޓްސްއެޕް ކުރެއްވުމުން ގޯޕްރައިމްގެ ޓީމުން އެ މައުލޫމާތެއް ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް