ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލިސް މެންބަރުން އަދި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަން ފާސްކޮށްފި

17 May 2020 | 23:16

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް މެންބަރުން އަދި ފަނޑިޔާރުންގެ މުސާރަ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކޮށްފައެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ މެއި، ޖޫން އަދި ޖުލައި މަހުގައި ވަކި އަދަދެއްގެ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ވަކި ބައެއް އުނިކުރުމަށް ފާސްކޮށްފައެވެ. އެގޮތުން 20،000 ރުފިޔާ އާއި 30،000 ރުފިޔާއާއި ދެމެދުގެ މުސާރަ ލިބޭ މަގާމުތަކުން 20 ޕަސެންޓް ކުޑަކުރުމަށާއި 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށް އެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އަދި މީގެ އިތުރުން 60،000 ރުފިޔާއިން މަތީގެ މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރައިން 35 ޕަސެންޓް ކުޑަ އުނިކުރަންވެސް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް