Advertisement

މިނިސްޓަރ އިމްރާން މަގާމުން ބޭރުކުރުމަށް މެންބަރު ހަލީމް ގޮވާލައްވައިފި

18 May 2020 | 16:44

ހޯމް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި އައްޝައިޚް އިމްރާން އަބްދުﷲ މަގާމުން ބޭރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ގޮވާލައްވައިފިއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދޮންބިލެތް ހަލީމް ވިދާޅުވީ މި ދަނޑިވަޅަކީ ހޯމް މިނިސްޓްރީއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ މަގާމުގައި މިވަގުތު ހުންނެވި ޝައިޚް އިމްރާން އަބްދުﷲ މަގާމުން ބޭރުކުރުމަށް އެބޭފުޅާ ވަނީ ގޮވާލައްވާފައެވެ.


"އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން"، ދޮންބިލެތް ހަލީމް ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާާންގެ އިތުރުން އެހެނިހެން ވަޒީރުންތަކެއްވެެސް މަގާމުން ދުރުކުރަން މެންބަރު ހަލީމް ވަނީ ގޮވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ބޭފުޅުންކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް