އިނގުރައިދޫ ސްކޫލްގެ މުވައްޒަފުން އެރަށު ރައްޔިތުންނަށްޓަކައި ފޮތި މާސްކް ތައްޔާރުކޮށްފި

21 May 2020 | 13:11

ރ.އިނގުރައިދޫ ސްކޫލްގެ މުވައްޒަފުންގެ އެރަށު ރައްޔިތުންނަށްޓަކައި ފޮތި މާސްކް ތައްޔާރުކޮށްފިއެވެ.

އެގޮތުން އެ މުވައްޒަފުން މިހާތަނަށް ތައްޔާރުކޮށްފައިވާ 1100 މާސްކް އިއްޔެގެ ވަގުތެއްގައި ވަނީ އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ. 

އިނގުރައިދޫ ސްކޫލްގެ ފަރާތުން މި ފޮތި މާސްކްތައް އެރަށުގެ ކޮވިޑް-19 ޓާސްކްފޯހާއި ހަދިޔާކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް ސައީދު އިބްރާހީމެވެ. އިނގުރައިދޫ ކޮވިޑް-19 ޓާސްކްފޯހުން މި މާސްކްތަކާއި ހަވާލުވެލެއްވީ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ޙަސަނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގުރައިދޫގެ ކޮވިޑް-19 ޓާސްކްފޯހުގެ ފަރާތުންވެސް ދަނީ 1500 ފޮތި މާސްކް ފެހުމުގެ މަސައްކަތް ކުރަމުންނެވެ. 

Advertisement

ކޮމެންޓް