މިއަަހަރުގެ ފަހުކޮޅު ބާއްވަން އޮތް އޯލެވެލް އިމްތިހާނު، އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަނީ

24 May 2020 | 12:08

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައި އޮތް ސާނަވީ އިމްތިހާނުތައް އަންނަ އަހަރުގެ މެއި އަދި ޖޫންމަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަން އިއުލާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވުމަށް ކުރިން ތާވަލްކުރެވިފައިވާ ސާނަވީ އިމްތިހާނުތައް ދެން އޮންނާނީ 2021ވަނަ އަހަރުގެ މެއި އަދި ޖޫން މަހުގައި ކަމަށެވެ. މި ބަދަލު އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ޝަހާދާ ސާނަވިއްޔާ އިމްތިހާނުތަކަށްވެސް އޮންނާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ދަރިވަރުންތައް 2021ވަނަ އަހަރުގައި އިމްތިހާނު ހަދާ ނިމެންދެން ސްކޫލްގެ ދަރިވަރުންގެ ގޮތުގައި ތިބޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މި ބަދަލުތަކާއި އެކު ސްކޫލްތަކަށް ކުރިމަތިވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރު މެދުތެރޭ ފެށުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް