ދުވާފަރުން ބުރުމާ ވަގަށްނަގަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

25 May 2020 | 22:28

ބުރުމާ ވަގަށް ނަގަމުންދިޔަ 24 އަހަރުގެ ދިވެއްސެއް ހޯދައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ތުހުމަތުގައި ކުރެވޭ މީހާ ވަނީ، މި މަހާއި މިދިޔަ މަހުގެ އެކި ދުވަސްމަތިން ރ ދުވާފަރުން ބުރުމާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް އާޢްމު ފަރާތަކުން އިއްޔެ ހުށައަޅާފައިވާކަމަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ވަގަށް ނަގާފައިވަނީ ކިތައް ބުރުމާކަމެއް އަދި އެތަކެތި ވަގަށްނަގާފައިވަނީ ކޮންތަންތަނަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މިމައްސަލާގައި ތުހުމަތުކުރެވޭމީހާ ވަނީ މައްސަލަ ހުށަހެޅިތާ 6 ގަޑިއިރުތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. 

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

Advertisement

ކޮމެންޓް