Advertisement

ގައްދޫގައި މަހަށް ގޮސް ޑައިވިންގއަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

25 May 2020 | 17:43

ގދ. ގައްދޫ މަސް ދޯންޏަކުން އެން ހިފަން ޑައިވިންއަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެކަން ގައްދޫ ސިއްހީ މަރުކަޒުން ވަނީ "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. މި ޒުވާނާ އަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށާއި އަދި މިއީ ފެނަކަ ކުންފުނީގެ މުވައްޒަފެއް ކަމަށްވެސް ވަނީ އެނގިފައެވެ.

އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ ގައްދޫ ސިއްހީ މަރުކަޒުގައެވެ.

ފުލުހުން ބުނީ ގދ.ގައްދޫ ދޯންޏަކުން އެންދަމަން ޑައިވިންގއަށް ފައިބާ އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު އަޑީގައި ހަރަކާތެއް ނެތި ހުއްޓިފައި ވަނިކޮށް އެކުގައި ޑައިވްކުރަން އުޅުނު މީހުންނަށް ފެނިގެން ރަށަށް ގެންނަ ކަމުގެ މައުލޫމާތު 16:55 ގައި ލިބުނު ކަމަށެވެ. އެ މީހާ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު އިރުގައިވެސް އޮތީ ނިޔާވެފައިކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

Advertisement

ކޮމެންޓް