ރޭ މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

26 May 2020 | 22:26

މާލޭގެ މަގުމަތީގައި ރޭ މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރޭ 10:45 ހާއިރު މަގުމަތިން ހޭނެތިފައި އޮތް ބަންގްލަދޭޝްގެ ރައްޔިތެއް ފެނިގެން އައިޖީއެމްއެޗްއަށް ގެންދެވުނުކަމަށެވެ. އަދި އެމީހާ ގެންދެވުނު އިރުގައިވެސް އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެމީހާ އޮންނަ އުސޫލުގެ ދަށުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވުނީ ކޮވިޑް ޕާތްވޭގެ ތެރެއިން ކަމަށާއި، އެމީހާގެ ކިބައިގައި ކޮވިޑް-19 ބަލި ހުރިތޯ ޓެސްޓް ކުރިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މިއީ މި ބައްޔާއި އެކު ދިވެހިރާއްޖެއިން މަރުވި ފަސްވަނަ މީހާއެވެ.

މަބްރޫކް ވިދާޅުވީ ނިޔާވި ފަރާތަކީ ދިވެހި އަމިއްލަ ފަރާތަކާއި އެކު މަސައްކަތްކުރަމުންދިޔަ ފަރާތެކެވެ. ކުރިންވެސް ހިތުގެ މައްސަލައެއް ހުރި މި މީހާގެ ވަޒީފާއަށް ނުދާތާ ދެ މަސް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 4 މީހަކު ފެނިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މީހާ އުޅެމުންދިޔައީ ބިދޭސީންތަކަކާއި އެކުގައެވެ.

Advertisement

ކޮމެންޓް