ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންތަކެއް ރާއްޖެއަށް އަންނަނީ

28 May 2020 | 06:21

ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންތަކެއް އަންނަ އާދިއްތަ ދުވަހުގައި ދިވެހިރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެއެވެ.

މި ދިވެހިން ދަތުރުކުރާނީ ލަންޑަނުން، ސްރީލަންކަން އެއަރލައިންސްގައެވެ. ބެލަރޫސްގައި ތިބި ދަރިވަރުން މި ފްލައިޓަށް ޖޮއިންކުރުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެއެވެ.

ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ޚަރަދުގައިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެ ފަރާތްތައް ރާއްޖެ އައުމަށްފަހު 14 ދުވަހަށް ކަރަންޓީން ކުރެވޭނެއެވެ.

Advertisement

ކޮމެންޓް