Advertisement

ހިޒްބުއްލޯ ލީޑަރުގެ ދަރިފުޅަކީ ޓެރެރިސްޓެއް ކަމުގައި އެމެރިކާއިން ކަނޑައަޅައިފި

14 Nov 2018 | 11:53

ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތުގެ ލީޑަރު ސައްޔެދް ހަސަން ނަސްރުﷲގެ ދަރިފުޅު ޖަވާދް ނަސްރުﷲ އަކީ ޓެރެރިސްޓެއް ކަމުގައި ކަނޑައަޅައި އެކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްއުން އިއުލާނު ކޮށްފިއެވެ.

އެމެރިކާއިން ނަސްރުﷲ ޓެރެރިސްޓެއްގެ ގޮތުގައި ކަނޑައަޅާ ބްލެކް ލިސްޓް ކޮށްފައިވަނީ އިސްރާއިލާ ދެކޮޅަށްދޭ ހަމަލާތަކުގެ އަޑީގަ އޭނަވާކަމުގެ ތުހުމަތުކޮށެވެ.

ސްޓޭޓް ޑިޕާޓްމެންޓުންވަނީ ހިޒްބުއްލޯއައި ގުޅުން އޮންނަކަމަށް ބުނެ އަލް މުޖާހިދީން ބްރިގޭޑްސްވެސް ބްލެކް ލިސްޓްކޮށްފައެވެ.

ނަސްރުﷲ އަދި އަލް މުޖާހިދީން ބްރިގޭޑްސްއަކީ ޓެރެރިސްޓް ހަމަލާތައް ރާވާ ތަންފީޒުކުރާ ބައެއްކަމުގައި ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައިވެއެވެ.

ސްޓޭޓް ޑިޕާޓްމެންޓުގެ ކައުންޓާ ޓެރެރިޒަމް އޮފިޝަލްވަނީ ބްލެކް ލިސްޓް ކުރެވިފައިވާ ފަރާތްތަކާމެދު އިތުރު ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީވަނީ އައު ސަރުކާރެއް އުފެއްދުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ހިޒްބުއްލޯ ޖަމާއަތްކަމުގައި މި ހަފްތާތެރޭ ވިދާޅުވެފައެވެ. ހަރީރީ މިހެން ވިދާޅުވެފައިވަނީ ހިޒްބުއްލޯއާއި ގުޅުން ހުރި ބޭފުޅަކަށް ކެބިނެޓުން ޖާގަ ދިނުމަށް އިންކާރު ކުރެއްވުމަށްފަހުގައެވެ.

Advertisement

ކޮމެންޓް