60 އަހަރުން މަތީގެ ތިން އަންހެނުންނަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

29 May 2020 | 16:30

އައްޑޫމީދޫގައި އުމުރުން ދުވަސްވީ މީހަކު ރޭޕްކުރަން އުޅެ، އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 28މެއި ވަނަ ދުވަހުގެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީގެ މީދޫގައި 64 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށައެޅުނުކަމަށެވެ.

އަދި މި މައްސަަލަ އިތުރަށް ބެލުމުން، އެ އަމަލު ހިންގި މީހާ ހަމަ އެދުވަހު 66 އަހަރާއި 65 އަަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރިކަން އެނގިފައިވާކަމަށެވެ.

މި މައްސަލައާއި 28 މެއި ދުވަހުގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް