Advertisement

ޖަޕާނުގެ ރަށެއް ގެއްލިގެން ހޯދަނީ

14 Nov 2018 | 12:38

ޖަޕާންގެ ކަނޑުގެ ސަރަހައްދުގެ ބޮޑުމިން ފުޅާކޮށްދޭ އެއް ރަށް، ކުއްލި ގޮތަކަށް ގެއްލިއްޖެއެވެ. 

ޖަޕާާންގެ ކަނޑުގެ ސިފައިން މައުލޫމާތު ދޭގޮތުގައި މިރަށް ލޮލަށް ނުފެންނަކަން ޔަގީންވުމާއި އެކު، އެރަށް ހޯދުމުގެ މަސައްކަތް ސިފައިންނާއި، ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. 

މި ރަށް ނުފެނި، ކަނޑުގެ އަޑީގައިވާކަން އެނގިއްޖެނަމަ، ޖަޕާނުގެ ކަނޑުގެ ސަރަހައްދު ކުޑަވެގެންދާނެއެވެ. ސަބަބަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވާގޮތުންނަމަ ކަނޑުގެ ސަރަހައްދުގައިވާ ރަށެއްގެ ގޮތުގައި ބެލެވޭނީ އުސް އުދައިގައިވެސް ފެނުން މައްޗަށް ފެންނަން ހުންނަ ނަމައެވެ.

ގެއްލިގެން ހޯދަމުންދާ ރަށަކީ ޖަޕާނުގެ ކަނޑުގެ ސަރަހައްދު ބޮޑުކުރުމަށް އެގައުމުން 2014 ވަނަ އަހަރު ނަންދިން 158 ރަށުގެ ތެރެއިން އެއް ރަށެވެ. 1987 ވަނަ އަހަރުގެ ތެރޭގައި  ޖަޕާނުގެ ކޯސްޓްގާޑުން ވަނީ މި ރަށް ދިރާސާ ކޮށްފައެވެ.

މިއީ ކަނޑުގެ ސަތަހައިން 1.8 މީޓަރ މަތީގައިވާ ރަށެކެވެ.

Advertisement

ކޮމެންޓް