Advertisement

"ބްލެކް ލައިވްސް މެޓާރސް" ކަމަށް ވިދާޅުވެ މަޚުލޫފް ޓްވީޓްކުރެއްވި ގޮތަކުން ހޫނުފެނަށް!

31 May 2020 | 21:28

އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަޅު ނަސްލުގެ މީހުންނާއި ދެކޮޅަށް ކުރާ އަނިޔާތަކާއި ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ބޭނުންކުރާ މަޝްހޫރު ހޭޝްޓެގެއް ކަމަށްވާ "ބްލެކް ލައިވްސް މެޓާރ" ހޭޝްޓެގް ބޭނުންކުރައްވާ ޓްވީޓްކުރެއްވި ގޮތަކުން ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް ހޫނުފެނަށް ވެއްޓިއްޖެއެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި މިނިސްޓަރ މަޚުލޫފް ވަނީ ލޮކްޑައުންގެ ތެރޭގައި ދަސްވާ ކަންކަންކަމަށް ވިދާޅުވެ، އަންހެން ދަރިފުޅުގެ ބޯ ގަތަން އިންނެވި ވީޑިޔޯއެއް ޓްވީޓްކުރައްވާފައެވެ. އަދި އެބޭފުޅާ ވަނީ ބޯގަތަން އެބޭފުޅާގެ ޚިދުމަތް ބޭނުންތޯ މަޖާޒީ މިޖާޒަކުން ސުވާލުކުރައްވާފައެވެ. ނަމަވެސް މިހެން ބުނުމަށްފަހު ބްލެކް ލައިވްސް މެޓާރ ހޭޝްޓެގް ބޭނުން ކުރެއްވުމުން ގިނަބަޔަކު ވަނީ މަޚުލޫފަށް ފާޑުވިދާޅުވެ، އެކަމަށް މައާފަށް އެދުމަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޚުލޫފް ވަނީީ ފަހުން ހަމަ އެ ޓްވީޓް، ބްލެކް ލައިވްސް މެޓާރ ހޭޝްޓެގާއި ނުލައި ޓްވީޓް ކުރައްވާފައެވެ.

އޭގެ ފަހުން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާގެ ހޫރު ކާފައަކީ އެފްރިކާގެ ފަރާތެއްކަމަށާއި، ބޯގެތުން އުފަންވެގެން އައީ އެފްރިކާއިން ކަމަށެވެ. އަދި އެއީ އެންމެންވެސް ގަޔާވާކަމެއްކަމަށް މަޚްލޫފް ވިދާޅުވިއެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ އެބޭފުޅާގެ ޓްވީޓްގައި އެ ހޭޝްޓެގް ބޭނުންކުރުމާއި މެދު މައްސަލައެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، ސަބަބަކީ އެއީ އެ ހަރަކާތަށް ތާއިދުކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްކަމަށް ވާތީކަމަށެވެ.

އަދި ހުރިހާ ކަމެއް ނާޒުކުކޮށް ބޮޑުކަމަކަށް ހައްދަވަނީ ކީއްވެތޯވެސް މަޚުލޫފް ވަނީ ސުވާލު އުފައްދަވާފައެވެ. 

Advertisement

ކޮމެންޓް