Advertisement

ޝައިނީ ބަލި ގަބޫލް ކުރައްވައި، އާ ދުވަހަކުން ފަށައިފި

24 Sep 2018 | 17:56

ރައީސް ޔާމީން ސަރުކާރުގެ ސިޔާސީގޮތުން އެންމެ އެއްކްޓިވް މިނިސްޓަރ މުހައްމަދު ޝައިނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބަލި ގަބޫލްކުރަށްވައިފިއެވެ.

މިނިސްޓަރ ޝައިނީ ފާހަގަ ކުރެވިފައިވަނީ ރައީސް ޔާމީންގެ ސިޔާސީ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި ސިޔާސީގޮތުން ހަލަބޮލިވާ ވަގުތުތަކުގައި އާމުންގެ ސަމާލްކަން ހޯދާ ބޭފުޅެެއްގެ ގޮތުގައެވެ. 

ރައީސް ޔާމިންގެ ކެބިނެޓްގައި ފިސަރީޒް މިނިސްޓަރ ކަން އަދާ ކުރަމުންގެންދާ ސައިނީވަނީ މި އަހަރުގެ ރިޔާސީ އިންތިޙާބުން ބަލިވުމަށްފަހު ފުރަތަމަފަހަރަށް ޓްވީޓެއް ކޮށްފައެވެ.

ޓްވީޓްގައި ޝައިނީ ވިދާޅުވީ " މިއަދަކީ އާދުވަހެކެވެ، ގައުމުގެ ހަޔާތުގައި އާ ޗެޕްޓާއެއް ފެށުނުދުވަހެކެވެ. އަދި ދިވެހި ގައުމު އަބަދަށް މިނިވަންކަމުގައި ބޭއްވުމަށް ގޮވާލާފައެވެ.

އިތުރަށް ޝައިނީ ވިދާޅުވީ އެބޭފުޅުންގެ ކުށްތަކަށް އަފޫކޮށްދެވުމަށެވެ، ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ވަނީ  އިދިކޮޅު ފަރާއްތަކާ ވާދަކޮށް 30،000 ވޯޓްގެ ތަފާތުން ބަލިވެފައެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ބައެއް ސީނިއަރ ބޭފުޅުންދަނީ ބަލިގަބޫލް ކުރަށްވާ ތަފާތު ޓްވީޓްތަށް ކުރަވަމުންނެވެ.

Advertisement

ކޮމެންޓް