ސައުދީ އިގްތިސޯދު ދާނީ ކުރިއަރަމުން: އައިއެމްއެފެ

14 Nov 2018 | 14:01

މިހާރެކޭ އެއްފަދައިން ކުރިއަށް އޮތް 2019 ވަނަ އަހަރުވެސް ސައުދީ އަރަބިއްޔާގެ އިގްތިސޯދު ދާނީ ކުރިއަރަމުންކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ހާމަކޮށްފިއެވެ.

އައިއެމްއެފްގެ މެދުއިރުމަތީ އަދި ސެންޓްރަލް އޭޝިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖިހާދް އަޒޫރް މިކަމައި ބެހޭގޮތުން ބުނެފައިވަނީ ކުރިއަށް އޮތް އަހަރުގައި ސައުދީ އަރަބިއްޔާގެ އިގްތިސޯދު ކުރިއަރާނެ ކަމަށާއި އެކަމުގެ ސަބަބަކީ އެގައުމުން ތެޔޮ އުފައްދާ ނިސްބަތް އިތުރު ކޮށްފައިވުމުގެ އިތުރުން ތެލުގެ އަގުތައްވެސް ބޮޑުކޮށްފައިވުމެވެ.

އަރަބި މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަޒޫރް އިތުރަށް ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ އިގްތިސޯދާއި ގުޅޭ ގޮތުން އައިއެމްއެފްއުން ދެކޭގޮތް ކައިރި މުސްތަގުބަލެއްގައި ބަދަލު ނުވާނެކަމަށެވެ.

އަދި ސައުދީ އަރަބިއްޔާގެ އިގްތިސޯދް ކުރިއަށް އޮތްތަނުގައި ބައްޓަންވުމުގައި އެގައުމުން ކުރޫޑް ތެލުގެ އަގުތަކަށް ގެންނަ ބަދަލުތަކާއި ގައުމުގެ ވެރިން މާލީ ކަންކަން ރިފޯމްކުރުމުގައި ގެންގުޅޭ އުސޫލުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.  

Advertisement

ކޮމެންޓް

Advertisement